20 އޭޕްރީލު 2025

Advertisement

ސީއެސްސީ އަށް މުޖުތާޒް އައްޔަންކޮށްފި

20 އޭޕްރީލު 2025

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ރުހުން ދިން މުޙައްމަދު މުޖްތާޒް މިއަދު މެންބަރު ކަމަށް އައްޔަންކޮށްފި އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އޭނަ އެ މަގާމަށް އައްޔަންކުރީ ރައީސް އޮފީހުގައި ހެނދުނު އޮތް ރަސްމިއްޔާތެއްގަ އެވެ.

މުޖްތާޒް ވަނީ ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުޙުސައިން ޝަހީދުގެ ކުރިފުޅުމަތީގައި ކުރައްވައިފަ އެވެ. އަދި މެންބަރު ކަމަށް ޢައްޔަންކުރިކަމުގެ ލިޔުން، ރައީސް މުޖްތާޒާ ހަވާލުކޮށް ދެއްވި އެވެ.

Advertisement

މުޖްތާޒަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަ އެޑިއުކޭޝަނުން ބެޗްލާ އޮފް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނަ ކުރިން ރައީސް އޮފީހުގެ މިނިސްޓަ އޮފް ސްޓޭޓް ފޮ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އެނޫން ވެސް އިސް މަޤާމުތައް ފުރުއްވި އެވެ.

ސީއެސްސީގެ މެންބަރަކަށް މުޖްތާޒް އައްޔަންކުރީ އެ ކޮމިޝަނުގެ ނައިބު ރައީސަކަށް ކުރިން ހުންނެވި އިބްރާހިމް ރަޝީދު މިދިޔަ މަހު 11، ގައި އިސްތިއުފާ ދެއްވުމުންނެވެ. އޭނަ އިސްތިއުފާ ދެއްވީ މަގާމުން ވަކި ކުރުމުގެ މަރުހަލާ ފަށަން ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމުމުންނެވެ.

މުޖުތާޒް ސީއެސްއެސީ އަށް އައްޔަން ކުރަން މަޖިލީހުން ފާސްކުރީ މި މަހުގެ 16 ގަ އެވެ.

Advertisement

ކޮމެންޓް