20 މޭ 2025

Advertisement

ހަމައިން ނެއްޓިގެން މަގުމައްޗަށް ނިކުންނަން ހަދާނެ ކަމެއް ނެތް: މެމްބަރު ޝުޖާއު

23 އޭޕްރީލު 2025

ހަމައިން ނެއްޓި މަގުމައްޗަށް ނިކުމެ މަގުމަތިން މި ސަރުކާރާ ނުކުޅެވޭނެ ކަމަށް ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަމުން ޝުޖާއު ވިދާޅުވީ މި ސަރުކާރަށް މިވީ މުއްދަތުގެ ތެރޭގައި ގައުމީ ބޮޑެތި ނިންމުންތައް ނިންމަމުން ގިނަ މަޝްރޫއުތަކެއް ފެށިފައިވުމަކީ ލިބުނު ކާމިޔާބީއެއް ކަމަށާއި އެމްޑީޕީން ހަމައިން ނެއްޓިގެން މަގުމައްޗަށް ނިކުންނަން ހަދާނެ ކަމެއް ނެތް ކަމަށެވެ.

"ހަމައިން ނެއްޓިގެން މަގުމައްޗަށް ނިކުންނަން ހަދާނެ ކަމެއް ނެތް. ސައިޒު ކުރާނަން މާ މައްޗަށް ދަންޏާ. މަގުމަތިން އަޅުގަނޑުމެންގެ ސަރުކާރާއި ތޮޅެން ހަދާނެ ކަމެއް ނެތް، އެކަމެއް ނުވާނެ. ގާނޫނު އަރާ ހަމަކުރާނެ،" ޝުޖާއު ވިދާޅުވި އެވެ.

Advertisement

ޝުޖާއު ވިދާޅުވީ ޕީއެންސީގެ މެމްބަރުން ތިބީ މަގުމަތިން އެ ފުރުސަތު ދޭ ގޮތަކަށް ނޫން ކަމަށާއި މި ފެށީ ގައުމު ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ކަމަށެވެ. އަދި މި ސަރުކާރުން ހުރިހާ ރައްޔިތުން ވެސް ހެޕީކޮށްދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޝުޖާއު މިހެން ވިދާޅުވި އިރު ދުވަސްތަކަކަށް ފަހު އެމްޑީޕީން ރޭ ވަނީ އަނެއްކާވެސް މަގުމަތީ ހަރަކާތްތައް ފަށާފަ އެވެ.

އެމްޑީޕީން މިދިޔަ ރޯދަ މަހުގެ ތެރޭގައި ވެސް ސިލްސިލާ ގޮތެއްގައި ކޮންމެ ރެޔަކު މަގުމަތީ ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ. އެ ހަރަކާތްތަކުގައި ބައިވެރިވި ބައެއް ފަރާތްތައް ފުލުހަށް ހާޒިރުކޮށް ބަޔާން ވެސް ނަގާފައިވެ އެވެ.

Advertisement

ކޮމެންޓް