26 އޭޕްރީލު 2025

Advertisement

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އަތޮޅުތަކަށް

23 އޭޕްރީލު 2025

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އަތޮޅުތަކަށް ދަތުރުތަކެއް ފަށައިފި އެވެ.

ސިލްސިލާކޮށް ކުރިއަށް ގެންދަން ނިންމާފައިވާ މި ދަތުރުގެ ތެރެއިން ފައްޔާޒާއި އެމްޑީޕީގެ ޓީމެއް މިއަދު ފުރާފައި ވަނީ ށ. އަތޮޅަށެވެ.

އެ ޕާޓީން ބުނީ މިއީ ‏އެމްޑީޕީގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް ކުރިއަށް އޮތް އިންތިހާބުތަކަށް ތައްޔާރުވުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތައް ވަރުގަދަ ކުރުމަށްޓަކައި ފަށާ ދަތުރުތަކެއް ކަމަށެވެ.

Advertisement

އެގޮތުން އަތޮޅުތަކަށް ފައްޔާޒް ކުރައްވާ ދަތުރުތަކުގައި ރަށްރަށުގައި ތިބި ޕާޓީގެ މެންބަރުންނާ ބައްދަލުކޮށް އެ ރަށްރަށުގައި އެމްޑީޕީގެ ތަފާތު ހަރަކާތްތަައް ހިންގުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދާނެ އެވެ.

Advertisement

ކޮމެންޓް