މަކަރާ ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ
މަކަރާ ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަން އިއުލާންކޮށްފިއެވެ.
މި މައްސަލައިގައި ހޯދަމުން ދަނީ ތަސްވީރުގެ، ސ. ހިތަދޫ, ޢާދިލް ޙަމީދު (47އ) އެވެ.
ފުލުހުން ވިދާޅުވީ، ޢާދިލް ޙަމީދު ހޯދަން އިއުލާންކޮށްފައި ވަނީ މ. ދިއްގަރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމަށެވެ.
އެގޮތުން މ. ދިއްގަރު ޕޮލިސް ސްޓޭޝަން، 2025 މެއި 06 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް އާދިލް ޙަމީދު ހާޒިރުވުމަށް ފުލުހުން ވަނީ އެދިފައެވެ.