އިސްލާމީ ޔުނިވާސިޓީގެ އޮގަސްޓު އިންޓޭކަށް ހުޅުވާލައިފި
މުޅިން އަލަށް ފަށާ ދެ ކޯހަކާއެކު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މިއަހަރުގެ އޮގަސްޓް މަހު ފަށާ ކޯސްތަކަށް ހުޅުވާލައިފިއެވެ. މިއަހަރުގެ އޮގަސްޓް އިންޓޭކްގައި ޖުމްލަ 69 ކޯހަކަށް ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ.
އައިޔޫއެމްއިން އިއުލާނުކޮށްފައިވާ ކޯސްތަކުގެ ތެރޭގައި، ޕީއެޗްޑީ ލެވެލްގެ 3 ކޯހަކާއި، މާސްޓާރސް ލެވެލްގެ 18 ކޯހަކާއި، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ 1 ކޯހާއި، ބެޗްލަރސް ލެވެލްގެ 15 ކޯހަކާއި، އެސޯސިއޭޓް ޑިގްރީ 2 ކޯހެއް އަދި ޑިޕްލޮމާގެ 11 ކޯހެއްގެ އިތުރުން ސެޓްފިކެޓް ލެވެލްގެ 19 ކޯހެއް ހިމެނެއެވެ.
މި ސެމިސްޓަރގައި މުޅިން އަލަށް ފެށުމަށް ހަމަޖެހިފައިވަނީ މާސްޓާރސް އޮފް ޓީޗިންގް އިން ހަޔަރ އެޑިއުކޭޝަން އަދި 10 ޤިރާއަތުން އީޖާޒާ ދިނުމުގެ ކޯހެވެ.
މިއަހަރުގެ އޮގަސްޓް އިންޓޭކުގެ ކޯސްތަކަށް ޝަޢުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 15 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00އެވެ.