08 މޭ 2025

Advertisement

އިސްލާމިކް ސޯޝަލް ފައިނޭސިން އިނިޝިއޭޓިވް ލޯންޗްކޮށްފި

މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭސިންގެ އިނީޝީއޭޓިވް (މިސްފީ) އިފުތިތާހުކޮށްފި އެވެ.

ކުރުނބާ ރިސޯޓްގައި ހެނދުނު އޮތް ރަސްމިއްޔާތުގައި އެ އިފުތިތާހުކޮށް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މިސްފީ އަކީ މެލޭޝިއާގެ ބޭންކް އިސްލާމްގެ ޞަދަޤާ ހައުސްގެ މައްޗަށް ޔުނިވަސިޓީ އޮފް ސެލެންގޯ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގުޅިގެން ކުރި ދިރާސާތަކަށް ފަހު ލޯންޗްކުރި އިނިޝިއޭޓިވެކެވެ.

Advertisement

މިސްޕީ އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ގަވަރުނަރު އަޙުމަދު މުނައްވަރު ވިދާޅުވީ، މިއީ އެމްއެމްއޭގެ 2025-2027 އަސް އެކުލަވައިލި ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ މުހިއްމު އަމާޒެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ މާލީ ނިޒާމު އިތުރު ޙަރުފަތަކަށް ގެންދާނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ މީގެ ސަބަބުން ރާއްޖޭގެ މާލީ ދާއިރާ އިތުރު ހަރުފަތަކަށް ޖައްސާލެވި ރާއްޖެއަކީ އިސްލާމިކް ފައިނޭންސިންގެ ހަބެއްގެ ގޮތުގައި ސަރަޙައްދީ ފެންވަރުގައި ތަރައްގީ ކުރެވޭނެ ކަމަށެވެ.

"މި މަޝްރޫޢާއެކު އިޖުތިމާޢީ ހަމަހަމަކަމާއި، އިޤްތިޞާދީ ބައިވެރިވުމާއި އިސްލާމިކް ފައިނޭންސްގެ ދާއިރާ ދެމެހެއްޓެނިވިގޮތެއްގައި ތަރައްޤީކުރުމުގެ ސަބަބުން ޤައުމުގައި އިންސާފު ޤާއިމުކުރުމާއި، ހަމަހަމަކަމާއި އަދި އެންމެންގެބައިވެރިވުން ހިމެނިގެންދާނެ،" އޭނަ ވިދާޅުވި އެވެ. "މިއިނީޝިއޭޓިވްގެ އެންމެ މުހިއްމު އަމާޒަކީ މުޖުތަމަޢުގެ ކޮންމެ ފަރުދަކީ އިޤްތިޞާދުގައި ބައިވެރިވުން އޮންނަ މީހަކަށް ހެދުން."

Advertisement

ކޮމެންޓް