12 މޭ 2025

Advertisement

ނަރުހުން ކުރަނީ މުޅި ޤައުމު ފަޚުރުވެރިވާ މަސައްކަތެއް: ރައީސް

ކޮންމެ ދުވަހަކުވެސް ނަރުހުން ކުރަނީ، މުޅި ޤައުމު ފަޚުރުވެރިވާފަދަ މަސައްކަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 12 ވަނަ ދުވަހުއެވެ. ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ފަރުވާ ދިނުމަށް ހަސްފަތާލުތަކުން މަރްޙަބާ ކިޔަނީ، އަދި ބަލި ފަސޭހަވެ އެނބުރި ދިއުމާއި ހަމަޔަށް މުރާލިކަމާއެކު ޚިދުމަތުގައި ދެމި ތިބެނީ ނަރުހުންކަމަށެވެ.

Advertisement

ނަރުހުންގެ ދުވަސް ފާހަގަކުރަނީ އިންސާނިއްޔަތަށްޓަކާ ނަރުހުންވަމުންދާ ޤުރުބާނީއާއި އެމީހުންގެ ޚިދުމަތް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށް އަގުވަޒަންކުރުމަށެވެ.

ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހަށް އިންޓަރނޭޝަނަލް ކައުންސިލް އޮފް ނާރސެސްއިން މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "އަވަރ ނަރސެސް، އަވަރ ފިއުޗަރ. ކެއަރިން ފޮރ ނަރސަސް ސްޓްރެންތެން އިކޮނޮމީސް." މި ޝީއާރެވެ. މި ޝިއާރުގެ މަޤުޞަދަކީ، ނަރުހުން ކުރަމުންދާ ބުރަ މަސައްކަތް ބަލައިގަނެ، ކުރިމަގަށް ވަރުގަދަ އިޤްތިޞާދެއް ބިނާކުރުމަށްޓަކާ ނަރުހުންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމުގެ މުހިންމުކަމެވެ.

ނަރުހުންނަކީ ބަލިމީހާއާއި އެންމެ ގާތުން މަސައްކަތްކަތްކުރާ ބަޔަކަށްވާއިރު، ބަލިމީހުން ބަލި ޙާލަތުގައި އޮންނައިރު އެމީހުންނަށް ބޭނުންވާ ފަރުވާއާއި، އަޅާލުމާއި އޯގާތެރިކަން ފޯރުކޮށްދިނުމުގައި ނަރުހުން އަދާކުރަނީ ލާމަސީލު ދައުރެކެވެ. ރާއްޖޭގައި ދިވެހި ނަރުހުންގެ ނިސްބަތް އިތުރުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްކުރައްވަމުންނެވެ.  

Advertisement

ކޮމެންޓް