15 މޭ 2025

Advertisement

ވިސާ ނެތް ފްރާންސް އާއިލާ ފުރުވާލައިފި

ވިސާ ނެތި ރާއްޖޭގެ ރަށެއްގައި ދިރިއުޅެމުން އައި ފްރާންސްގެ މުސްލިމް އާއިލާ ފުރުވާލައިފި އެވެ.

އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ފްރާންސަށް ނިސްބަތްވާ ހަ މީހުންގެ އާއިލާއެއް ރާއްޖޭގައި އުޅެމުންދާކަމުގެ މައުލޫމާތު "އިމިގްރޭޝަން ވޮޗް" އަށް ލިބުނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ މަހުގެ 18 ގަ އެވެ. ބާެރަ ވަރަކަށް އަހަރު ވަންދެން އެ އާއިލާ ދިރިއުޅުނީ ތ. ވޭމަންޑޫގަ އެެވެ.

އެ މައްސަލަ އިމިގްރޭޝަނުން ބެލުމަށް ފަހު، މިދިޔަ އޮކްޓޯބަރު 23 ގައި އެ މައްސަލައިގައި ހިމެނޭ އިސް ފަރާތް އިދާރާއަށް ހާޒިރު ވެސް ކުރި އެވެ. އަދި އެ މީހުންގެ ޕާސްޕޯޓްގެ މުއްދަތު ހަމަވެފައިވާތީ އާއިލާ ރާއްޖެ އިން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓު ހޯދުމުގެ މަސައްކަތް ފޮރިން މިނިސްޓްރީ ގުޅިގެން ކުރަމުން ގޮސްފައިވާ ކަމަށް އޭރު ބުނެފައިވެ އެވެ.

Advertisement

އިމިގްރޭޝަނުން ބުނީ އެ އާއިލާ ރާއްޖެ އިން ފުރުވައިލީ މިދިޔަ މަހުގެ 25 ގައި ކަމަަށެވެ.

އެ އާއިލާ ފުރުވައިލާތީ ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ "ޔުނިޓީ ފޯ ޔޫތު" އިން މިދިޔަ އަހަރުގެ ތެރޭގައި އިހުތިޖާޖު ވެސް ކޮށްފައިވެ އެވެ.

Advertisement

ކޮމެންޓް