14 މޭ 2025

Advertisement

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރާލްދާ ޒާހިރު ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަ ކަމަށް 68 މެންބަރަކު ވޯޓު ދެއްވި އެވެ.ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރެކެވެ.

އަޒްމިރާލްދާ އާއި މަހާޒް ވަކި ކުރަން ފާސްކޮށްފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހިންގި ކުއްލި ތަހުގީގެއް ހިންގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވި ރިޕޯޓަކަށް ބިނާކޮށެވެ.

Advertisement

އެ ބޭފުޅުން ވަކިކުރި އިރު، ދެ ފަނޑިޔާރުން ތިއްބެވީ ފެބްރުއަރީ މަހުގެ 26 އިން ފެށިގެން ސަސްޕެންޝަނެއްގަ އެވެ. އެ ދެ ފަނޑިޔާރުންނާ އެކު ފަނޑިޔާރު ހުސްނުއް ސުއޫދު ވެސް ޖޭއެސްސީން ސަސްޕެންޑްކުރި އެވެ.

ސަސްޕެންޑްކޮށްފައި ވަނިކޮށް އޭނަ ވަނީ މާޗް މަހުގެ ކުރީކޮޅު އިސްތިއުފާ ދެއްވައިފަ އެވެ.

ސުޕްރީީމް ކޯޓްގެ ފަނޑިޔާރުން ވަކިކޮށްފައި މި ވަނީ އެކަމާ ވަރަށް ގިނަނ ބަޔަކު ކަންބޮޑުވުން ފާޅުކޮށް، ޖުޑިޝަރީ އަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތު ކުރަމުން ދަނިކޮށެވެ. އެ ތުހުމަތު ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ވެސް ކުރައްވާފައިވެ އެވެ.

މަހާޒާއި އަޒްމިރަލްދާ ވަކިކޮށްފައި މި ވަނީ ތުހުމަތުތަކަށް ޖަވާބުދާރީވާން ފުރުސަތަކަށް އެދިވަޑައިގަތުމުން، އެ ފުރުސަތު ވެސް ނުދީ އެވެ.

Advertisement

ކޮމެންޓް