09 ޖޫން 2025

Advertisement

ސްކޭމްތަކުން ހަފްތާއެއްގެ ތެރޭގައި ބައި މިލިއަން ރުފިޔާ ފޭރިގެންފި

ސްކޭމްކޮށްގެން ފާއިތުވި ހަފުތާގެ ތެރޭގައި ބައި މިލިއަނެއްހާ ރުފިޔާ ފޭރިގެންފައިވާ ކަމަށް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެތަނުން ބުނީ މި މަހުގެ 13-19 ގެ ނިޔަލަށް ސްކޭމްގެ 45 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެގޮތުން ސްކޭމްތަކުން ޖުމްލަ 481،520.67 ރުފިޔާ ގެއްލިފަވާ އިރު 383،610.08ރ. ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ސެންޓަރުން ބުންޏެވެ.

ގެއްލުނު ފައިސާގެ ތެރެއިން 80 ޕަސެންޓް ހޯދި އިރު އެންމެ ގިނައިން ހިންގާފައިވަނީ އީ-ކޮމާސް ސްކޭމްގެ މައްސަލަތައް ކަމަސް ވެސް އެންޓި-ސްކޭމް ސެންޓަރުން ބުންޏެވެ. އެ ބާވަތުގެ 26 މައްސަލަ ހުށަހަޅާފައިވެ އެވެ.

Advertisement

ތަފާސްހިސާބުތަކުން ދައްކާ ގޮތުން އެންމެ ގިނައިން ސްކޭމަރުން ބޭނުންކޮށްފައި ވަނީ ފޭސްބުކް މާކެޓްޕްލޭސް އެވެ. އެގޮތުން މާކެޓްޕްލޭސްގެ 20 މައްސަލައެއް ފާއިތުވި ހަފްތާއެއްގެ ތެރޭގައި ހުށަހަޅާފައިވެ އެވެ.

ހުށަހަޅާފައިވާ ސްކޭމްގެ ބާވަތްތަކުގެ ބާބަތްތަކުގެ ތެރޭގައި ހިމެނެނީ:

▪️ ބޭރު ފައިސާ މާރުކުރުމުގެ ސްކޭމް: 10 މައްސަލަ
▪️ ފޯނު މެދުވެރިކޮށް ހިންގާ ސްކޭމް: 5 މައްސަލަ
▪️ އިމްޕާސަނޭޝަން، ފިޝިން، ރޮމޭންސް ސްކޭމް އަދި ފައިސާ ޖަމާކުރުމުގެ މައްސަލަ: ކޮންމެ ބާވަތަކުން 1 މައްސަލަ

ސްކޭމްކުރުމަށް ބޭނުންކޮށްފައިވާ އެހެނިހެން ވަސީލަތްތައް:

* ވައިބާ: 9 މައްސަލަ
* ފޯނު ކޯލް 6 މައްސަލަ
* އައިބޭ، މެސެންޖަ، ޓެލެގްރާމް، އިންސްޓަގްރާމް

ސްކޭމްއިން ރައްކާތެރިވުމަށް ހުރިހާ ފަަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމަށް އެންޓި ސްކޭމް ސެންޓަރުން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.

Advertisement

ކޮމެންޓް