23 އޯގަސްޓު 2025

Advertisement

ފޭސް 2ގައި މިރޭ ހަވާ އަރުވަނީ

ހުޅުމާލެ ފޭސް 2ގެ ފަރުކޮޅުފުށި ސަރަޙައްދުގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފަވާކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ހަވާ އެރުވުމަށް ހަމަޖެހިފަވަނީ ފަރުކޮޅުފުށީގައި މިރޭ 21:45 ގައެވެ.

މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ ހަރަކާތެއްކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ. ހަވާ އެރުވުން ކުރިއަށްދާނީ 3 މިނެޓަށެވެ.

Advertisement

ޚާއްސަ ހަރަކާތްތަކާ ގުޅިގެން ސިފްކޯއިން ދަނީ ވިޔަފާރި އުސޫލުން ހަވާ އެރުވުމުގެ ހަރަކާތްތައް ބާއްވަމުންނެވެ.  

Advertisement

ކޮމެންޓް