02 ޖުލައި 2025

Advertisement

ފްލެޓް ލިސްޓް ޝަކުވާތައް މި މަހު ބަލައި ނިންމަނީ

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރަން ނިންމި ފްލެޓް ލިސްޓަށް ހުށަހެޅި ޝަކުވާތައް މި މަހުގެ ނިޔަލަށް ބަލައި ނިމޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ އެ އެ މަސައްކަތުގެ ބޮޑު ބައި މިހާތަނަށް ނިމިފައިވާ ކަމަށެވެ.

ޝަކުވާ ހުށައެޅުމުގެ މުއްދަތު ހަމަވީ މިދިޔަ މަހުގެ 15 އަށެވެ.

Advertisement

"ގެދޮރުވެރިޔާ" ސްކީމަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި މަޝްރޫއެކެވެ. އެގޮތުން އެ ސްކީމްގެ ދަށުން ހުޅުމާލެ އން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި 4،000 މީހުންގެ ތެރެއިން 2180 މީހުން ޝަރުތު ހަމަނުވާކަމަށް މި ސަރުކާރުން އޮތީ ނިންމައިފަ އެވެ.

ހައުސިން މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ލިސްޓަށް ޕޯޓަލް މެދުވެރިކޮށް 5،236 ޝަކުވާ ހުށަހަޅާފައިވާ އިރު، 2،840 ޝަކުވާ އީމެއިލުން އަދި ސިޓީ މެދުވެރިކޮށް 526 ޝަކުވާ ހުށަހަޅާފައިވެ އެވެ.

"ގެދޮރުވެރިޔާ ފްލެޓް ސްކީމްގެ އެންމެ އަސާސީ ޝަރުތަކީ މާލޭގައި މެދުނުކެނޑި 15 އަހަރު އުޅެފައިވުމެވެ.

ފްލެޓް ލިސްޓާ ގުޅޭ ގޮތުން 16 އަށްވުރެ ގިނަ މީހުން ވަނީ ސިވިލް ކޯޓުގައި ސަރުކާރާ ދެކޮޅަށް ދައުވާކޮށްފައިވެ އެވެ.

Advertisement

ކޮމެންޓް