01 ޖޫން 2025

Advertisement

ވީއައިއޭގެ އައު ޓާމިނަލް ޖުލައި 26ގައި ހުޅުވަނީ

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގެ އައު ޓަރމިނަލުގެ އެއް ބައި އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.

އެމްއޭސީއެލްއިން ބުނީ 78 ހާސް އަކަމީޓަރުގެ ސަރަހައްދެއްގައި ތަރައްގީކުރާ މި އައު ޓަރމިނަލްގައި އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ކަމަށެވެ. މި ޓަރމިނަލްގައި އެއިރޯ ބޯޑިން ބްރިޖުތަކާއި އެންމެ ފަހުގެ ޒަމާނީ ބެގޭޖު ހޭންޑްލިން ސިސްޓަމްތައް ގާއިމުކުރާނެއެވެ.

އައު ޓަރމިނަލް އިމާރާތުގެ ސަބަބުން މިހާރު ހުރި ޓަރމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެ، އެފް އެންޑް ބީގެ ގިނަ އައުޓްލެޓްތަކާއި، ރީޓެއިލް ސްޕޭސްތަކާއި، ލައުންޖްތަކާއި އެހެނިހެން ޚިދުމަތްތައް އެތަނުގައި ގާއިމުކުރާނެއެވެ.

Advertisement

ވީއައިއޭގައި މިހާރު ބޭނުންކުރަމުންދާ އިންޓަނޭޝަނަލް ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެއް ކަމުގައިވީ ނަމަވެސް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިހާރު ވަނީ އަހަރަކު ދެ މިލިއަނަށްވުރެ އިތުރުވެފައެވެ. މިކަމުގެ ސަބަބުން މިހާރު ޚިދުމަތް ދެމުންދަނީ އޯވަރ ކެޕޭސިޓީގައެވެ.

Advertisement

ކޮމެންޓް