ދިވެހި ހައްޖާޖީން ފުރައި ނިމިއްޖެ
ރާއްޖެ އިން މި އަހަރު ހައްޖަށް ދާ އެންމެން ފުރައި ނިމިއްޖެ އެވެ.
ދިވެހި ހައްޖާޖީންގެ ފަހު ގްރޫޕް ފުރީ މިއަދެވެ. ސައުދީ އެއާލައިންގައި ފުރީ 250 މީހުންނެވެ.
ރާއްޖެ އަށް މި އަހަރު 1،000 ހައްޖު ކޯޓާ ލިބުނު އިރު، ހައްޖާޖީންގެ ފުރަތަމް ގްރޫޕް ފުރީ މިދިޔަ ހޯމަ ދުވަހު އެވެ. އެ ދުވަހު 256 ހައްޖާޖީން ފުރި އެވެ. އަދި އަންގާރަ ދުވަހު 235 ހައްޖާޖީން ފުރި އިރު، އިއްޔެ ފުރި ތިން ވަނަ ގްރޫޕްގައި 251 ހައްޖާޖީން ފުރި އެވެ.
މި އަހަރު ސައުދީ އަސށް ހައްޖާޖީން އުފުލަން ގައުމީ އެއާލައިން، މޯލްޑިވިއަނުން ވެސް ދެ ދަތުރެއް ކުރި އެވެ.