ރައީސްގެ ދެކަނބަލުން ހައްޖަށް ފުރާވަޑައިގެންފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިއަދު ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާ އަށް ފުރާވަޑައިގެންފި އެވެ.
މި ދަތުރުގައި ރައީސްގެ ދެކަނބަލުންނާއި، އަރިހުގައި ވަޑައިގަންނަވާ ވަފުދުގެ ބޭފުޅުން، ސަޢޫދީގައި ތިއްބަވާނީ، ސަޢޫދީ ސަރުކާރުގެ ޚާއްޞަ މެހްމާންދާރީގަ އެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލްގެ ދެކަނބަލުންނާއި، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢުގެ ދެކަނބަލުންނާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިޚް މުޙައްމަދު ލަޠީފްގެ ދެކަނބަލުންގެ އިތުރުންދި ޗީފް އޮފް ޕްރޮޓޮކޯލް، މުޙައްމަދު ޝަހުދީ ބައިވެރިވެވަޑައިގަންނަވަ އެވެ.
ރައީސްގެ ދެކަނބަލުން މިއަދު ހައްޖަށް ފުރާވަޑައިގެންނެވި އިރު، ރާއްޖެ އަށް މި އަހަރު ލިބުނު 1،000 ހައްޖު ކޯޓާގައި ހައްޖުގެ އަޅުކަން އަދާކުރާ އެންމެން މިހާރު ތިބީ ސައުދީގަ އެވެ. ހައްޖާޖީން ފުރީ ހަތަރު ދުވަސް މަތިންނެވެ. އެއީ މިޔަ ހޯމަ އާއި އަންގާރަ އަދި ބުރާސްފައްޗާއި ހުކުރު ދުވަހު އެވެ.