02 ޖޫން 2025

Advertisement

އާ އެލްޔޫޕީއާ އެއްގޮތަށް ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ގުރުނަގައިފި

އައު ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ގުޅިފަޅުން ގޯތި ލިބޭ ޕްލޮޓް ކަނޑައަޅާ ގުރުއަތުގެ މަސައްކަތް ނިމިފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އިއްޔެ ފެށި ގުރުއަތުލުމުގެ މަސައްކަތް، ރޭ ފަތިހާ ހަމައަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ސަރުކާރުން ހާމަކޮށްފައިވާގޮތުގައި، ނިމުނު ސަރުކާރުގައި އެކުލަވާލި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލާފައި އޮތީ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށް ބޭނުންވާ އެކަށީގެންވާ ޖާގަ ނެތިއެވެ. އަދި ގޯތިތަކުގެ ޕްލޮޓްތައް ކަނޑައެޅުމުގައި ނުހިންކާ އޮތް ސަރަޙައްދުތަކުންވެސް ގޯތި ކުރަހާފަވާކަން ފާހަގަކުރެއެވެ. މިހާތަނަށް ތިން ފަހަރެއްގެ މަތިން ގުޅިފަޅުގެ އެލް.ޔޫ.ޕީއަށް ބަދަލުވެގެނެސްފައިވެއެވެ.

Advertisement

ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން އަލުން ދިރާސާކޮށް، ސަރުކާރުން ވަނީ ގުޅިފަޅުގެ އާ ލޭންޑް ޔޫސް ޕްލޭން އެކުލަވާލާ މެއިމަހުގެ 15 ވަނަ ދުވަހު އާއްމުކޮށްފައެވެ. ގޯތީގެ ގުރު އަލުން ނެގުމަށް ނިންމީވެސް އެލްޔޫޕީއަށް އައި ބަދަލާ ގުޅިގެންނެވެ.

ގޯތި ލިބުނު މީހުންގެ ގުރުއަތުނެގުމުގެ މަސައްކަތް ހުކުރު ދުވަހު މެންދުރުން 14:30 ފަށައިގެން، ފަތިހާ ހަމައަށް ވަނީ ގެންގޮސްފައެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ހުރިހާ ޕްލޮޓްތަކުގެ ގުރުއަތުލުން ނިންމާފައިވާކަމަށެވެ. މީގެތެރޭގައި ޖުމްލަ 3557 ގޯތި ހިމެނޭއިރު، 7 ސައިޒެއްގެ ބިން ހިމެނެއެވެ.

ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ގުޅިފަޅުން ގޯތި ލިބޭ ފަރާތްތަކާއި ބިން ލިބޭ ފަރާތްތަކާއެކު ރަޖިސްޓްރީ އެކުލަވާލުމުގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ފަހުން ހާމަކުރައްވާނެކަމަށެވެ.

Advertisement

ކޮމެންޓް