މޯދީ ރާއްޖެ ވަޑައިގަންނަވަނީ
ރާއްޖޭގެ މި އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ބައެއް މިޑިއާތަލުން ބުނި ގޮތުގައި މޯދީ ރާއްޖެ ވަޑައިގަންނަވާނީ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާ ޖުލައި 26 ގަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުގައި މޯދީ ރާއްޖެ ވަޑައިގަތުމަށް ދައިވަތު ވެސް ދެއްވާފައިވެ އެވެ. އަދި ފޮރިން މިނިސްޓަރު ޑރ. ޚަލީލު މިދިޔަ ހަފުތާގައި އިންޑިއާ އަށް ކުރެެއްވި ދަތުރުގައި ވެސް އެ ދައުވަތު އާކުރައްވާފައިވެ އެވެ.
އިންޑިއާ އަކީ ރާއްޖެއާ އެންމެ އަވައްޓެރި އެެއް ގައުމުގެ އިތުރުން ރާއްޖެ އަށް އެކި ގޮތްގޮތުން އެންމެ ބޮޑަށް އެހީވަމުން އަންނަ އެއް ގައުމެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް މޯދީ ރާއްޖެ އަށް ދެ ފަހަރެއްގެ މަތިން ވަޑައިގެންފައިވެ އެވެ.