ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުން އެބަ ގެންގުޅެން: ނަޝީދު
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނަށް ކުރެއްވި މެސެޖެއްގައި ވަނީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާތީ އެކަމާ ގުޅޭ ގޮތުން ފެނިވަޑައިގަންނަވާ ގޮތެއް ވިދާޅުވެ ދެއްވުމަށެވެ.
އަދި ކޮންމެ ގޮތަކަށް ޖަވާބު ދެއްވި ނަމަވެސް ގުޅުމަށް ބުރޫ ނާރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ މެސެޖްގައި އެމަނިކުފާނު ކުރިމަތިލެއްވުމަށް ގަސްދު ކުރައްވަނީ ކޮން ޕާޓީއެއްގެ ޓިކެޓުގައި ކަމެއް ވިދާޅެއް ނުވެއެވެ.