27 ޖޫން 2025

Advertisement

ހައްޖުވެރިންގެ ހާލު ޝަހީމު ބައްލަވައިފި

08 ޖޫން 2025

ރައީސްގެ ފަރާތްޕުޅުން ދިވެހި ޙައްޖާޖީންގެ ހާލު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ބައްލަވާލައިފި އެވެ.

ޝަހީމާއި ޢަލީ މި ވަގުތު މައްކާގައި ތިއްބެވި މިނިސްޓަރުންހެ ޓީމުން މިނާ ޓެންޓަށް ޒިޔާރަތް ކުރެއްވީ ރޭގަ އެވެ.

އެ ޒިޔާރަތުގައި އެ ޓީމުން ޙައްޖުވެރިންނާއި ޙައްޖު ކޯޕަރޭޝަން އަދި މުޠައްވިފްގެ ބޭފުޅުންނާ ބައްދަލު ކުރެއްވި އެވެ.

Advertisement

މި އަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ދިޔަ 1،000 ޙައްޖުވެރިން، ޢަރަފާތާއި މުޛްދަލިފާގެ ރުކުން ފުރިހަމަ ކުރުމަށް ފަހު ބޮޑު ޖަމްރާއަށް ހިލައުކާ އިޙްރާމް ކަނޑާފައިވާކަން ފާހަގަކޮށްލެވެ އެވެ. އަދި މިވަގުތު ހުރިހާ ޙައްޖުވެރިން ވެސް ތިބީ މިނާ ފޭލިގެތަކުގަ އެވެ.

ރައީސްގެ ދެ ކަނބަލުން ވެސް ތިއްބެވީ ހައްޖުގެ އަޅުކަމަށް ސައުދީގަ އެވެ.

Advertisement

ކޮމެންޓް