09 ޖޫން 2025

Advertisement

އިމާރާތް ކުރާއިރު އިންޝުއަރެންސް ކުރުން ލާޒިމްކޮށްފި

08 ޖޫން 2025

އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު ވަށައިގެންވާ ސަރަހައްދާއި ހިނގާ އުޅޭ މީހުންނަށް ބަދަލު ލިބޭނެ އިންޝުއަރެންސް ޕްލޭނެއް ނެގުން ލާޒިމްކޮށްފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރުން ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދަށް ގެނެސްފައިވާ ފަސްވަނަ އިސްލާހުގައި މި ކަން ލާޒިމްކޮށް ގަވައިދު ގެޒެޓްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.

މި އައު އިސްލާހުގެ ދަށުން، އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ވަށައިގެންވާ މާހައުލާއި، މަސައްކަތުގައި އުޅޭ މީހުންނާއި، އިމާރާތްތަކާއި ބިނާތަކާއި އަދި އެ ސަރަހައްދުގައި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ލިބިދާނެ ގެއްލުމެއްގެ ބަދަލު ލިބޭނެ ގޮތަށް އިންޝުއަރެންސް ޕެކޭޖެއް ނެގުން ވަނީ ލާޒިމް ކޮށްފައެވެ.

Advertisement

ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، މި އިންޝުއަރެންސް ޕެކޭޖަކީ މުދަލާއި އެއްގަމު އުޅަނދުފަހަރަށް ލިބިދާނެ ގެއްލުމެއްގެ ބަދަލު ދިނުމަށް ޓަކައި މި ކަންކަން ހިމެނޭގޮތަށް އޮންނަ ޕްރޮޖެކްޓަކަށް ކަވަރޭޖް ލިބޭނެ އިންޝުއަރަންސް ކަވަރޭޖަކަށް ވާންޖެހޭނެއެވެ.

މިހާރު ގަވައިދުގައި ބުނެފައިވާ ގޮތުގައި ޕްރޮޖެކްޓް ހިންގުމުގެ ލައިސަންސް ލިބޭނީ މިފަދަ އިންޝްއަރެންސް ޕެކޭޖެއް ނެގުމުންނެވެ.

މި އިސްލާހު ގެނައުމުގެ މައިގަނޑު މަޤްސަދަކީ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުން ރައްޔިތުންނާއި މުދަލަށް ލިބޭ ގެއްލުންތަކަށް ބަދަލު ހޯދުމުގެ މަގު ތަނަވަސްކޮށްދިނުމެވެ.

މާލޭގައި އިމާރާތްތައް ކުރުމުގެ ތެރޭގައި އިމާރާތްތަކުން ވެއްޓޭ އެއްޗެހިން މީހުންނާއި ތަކެއްޗަށް ގެއްލުން ލިބުމަކީ ވަރަށް އާއްމު ކަމެކެވެ.

Advertisement

ކޮމެންޓް