15 ޖޫން 2025

Advertisement

ސިމް ކާޑުން ކުރާ މުއާމަލާތްތަކަށް ސާމާލުވުމަށް އިލްތިމާސްކޮށްފި

14 ޖޫން 2025

ސިމް ކާޑުން ކުރާ މުއާމަލާތްތަކަށް ސާމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެމްޓަރުން އިލްތިމާސްކޮށްފިއެވެ.

އެސެންޓަރުން މިކަމަށް އިލްތިމާސްކޮށްފައި މިވަނީ ސިމް ކާޑު މެދުވެރިކޮށް މީހުންގެ ފޯނަށް، ސަރުކާރުގެ އެކިއެކި އިދާރާތަކުގެ ނަމުގައި މެސެޖުކޮށް، ސްކޭމް ހިންގާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

އެންޓި ސްކޭމް ސެންޓަރުން ކުރި ޕޯސްޓެއްގައި ބުނީ، ތިމާގެ ނަމުގައި ނަގާފައިވާ ސިމްކާޑުން ކުރާ މުއާމަލާތްތަކުގެ ޒިންމާ ތިމާ އުފުލަންޖެހޭނެކަމަށެވެ. އެހެންކަމުން އަމިއްލަ ނަމުގައި ނަގާފައިވާ ސިމް ކާޑުތައް، އަމިއްލަ ބެލުމުގެ ދަށުގައި ނެތްނަމަ ސިމް ކާޑުތަކުގެ ހިދުމަތް ކަނޑާލަން އެސެންޓަރުން ވަނީ އެދިފައެވެ.

Advertisement

އެންޓި ސްކޭމް ސެންޓަރުން ވަނީ، ބޭނުންކުރާ ސިމް ކާޑަކީ އަމިއްލަ ނަމުގައި ނަގާފައިވާ ސިމްކާޑެއްތޯ ޔަގީންކުރުމަށްވެސް އެދިފައެވެ.

މަކަރާއި ހީލަތުން، އީދު ބަންދުގައި އެކަނިވެސް އެކިއެކި މީހުންގެ އަތުން 270،270 ރުފިޔާ ހޯދާފައިވާ ކަމަށް އެންޓި ސްކޭމް ސެންޓަރުގެ ފަތާސްހިސާބުތަކުން ދައްކައެވެ. ފުލުހުންގެ މަސައްކަތުން އޭގެ ތެރެއިން ހޯދުނީ 75،776 ރުފިޔާއެވެ.

ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން ފައިސާ ދެއްކުމުގެ ކުރިން ރަނގަޅަށް ޔަގީންކުރުމާއި އޯޓީޕީ އަދި ޒާތީ މައުލޫމާތު ހިއްސާނުކުރުމާއި ގޮތް ނޭނގޭ ލިންކްތަކަށް ނުވަނުން އަދި ވިޔަފާރި ނުވަތަ ފައިސާ މާރުކުރުމުގައި ހުއްދަ އޮންނަ ފަރާތްތަކާއި މުއާމަލާތްކުރުމަށް އެންޓި ސްކޭމް ސެންޓަރުން އެތައް ފަހަރަކު ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

ކޮމެންޓް