17 ޖޫން 2025

Advertisement

ނަޝީދު ފައްޔާޒްއާއި ބައްދަލުކުރައްވައިފި

16 ޖޫން 2025

ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި ބައްދަލުކޮށް ސިޔާސީ މަޝްވަރާތަކެއް ކުރައްވައިފިއެވެ.

ކުރެވުނު މަޝްވަރާތަކުގެ ތަފްސީލް ނުދެއްވި ނަމަވެސް ފައްޔާޒް ވިދާޅުވީ ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރާން ހުރި މަސައްކަތާއި ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ޚިޔާލު ބަަދަލުކުރެވުނު ކަމަށެވެ. ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވި ގޮތުގައި މިމަޝްވަރާތައް ކުރެވުނީ ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން ދެއްވި މެންދުރުގެ ކެއުމެއްގައެވެ.

މިބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒް ފަހްމީ އާއި ޑިމޮކްރެޓްސްގެ ފުރަތަމަ ރައީސް ނަމަވެސް މިހާރު އެނބުރި އެމްޑީޕީއަށް ބަދަލުވެފަޑައިގެންފައިވާ ހަސަން ލަތީފް އާއި ޑިމޮކްރެޓްސްގެ 20 ވަރަކަށް އާއްމު މެންބަރުން ބައިވެރިވިއެވެ.

Advertisement

ނަޝީދު އާއި ފައްޔާޒް ބައްދަލުމިކުރީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލައްވަން ނަޝީދު ގަސްދުކުރައްވާކަން އިއުލާން ކުރެއްވިތާ ދެތިން ހަފްތާ ފަހުންނެވެ. ނަޝީދު ވަނީ އެމަނިކުފާނު ވެރިކަމަށް ކުރިމަތިލެއްވުމަށް ގަސްދުކުރައްވާ އެކަމާއިމެދު ދެކެވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް އެމްޑީޕީގެ ބައެއް މެންބަރުންނަށް މެސެޖެއް ކުރައްވާފައެވެ.

ފައްޔާޒް ވެސް ވަނީ ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައެވެ.

Advertisement

ކޮމެންޓް