19 ޖޫން 2025

Advertisement

އެމްޑީޕީން ނިންމީ ނަޝީދަށް މަރުހަބާ ކިޔަން

19 ޖޫން 2025

އެމްޑީޕީ ދޫކޮށްލައްވައި އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދެވުމަށް ދަހު، ސިޔާސީ މަސައްކަތްތައް ވަކިން ކުރާތާ ދުވަސްތަކެއް ފަހުން ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅެން ނިންމުމަށް މަރުހަބާ ކިޔަން އެމްޑީޕީން ނިންމައިފި އެވެ.

މިކަމާ ގުޅޭ ގޮތުން އެ ޕާޓީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމަކަށް ނެރުނު ބަޔާނުގައި ބުނީ ނަޝީދާއި ޑިމޮކްރެޓްސްގެ ހުރިހާ މަރުހަބާއެއް ކިޔާ ކަމަށެވެ.

ދެ ފަރަހެއްގެ މަތިން ރާއްޖޭގައި ވެރިކަންކުރި ޕާޓީން ބުނީ އެމްޑީޕީ އަކީ ގައުމަށްޓަކައި ހަގީގީ މަސައްކަތްތަކެއް ކުރަން ބޭނުންވާ ކޮންމެ ބަޔަކަށް ވެސް ހުޅުވިފައިވާ ޕާޓީއެއް ކަމަށެވެ. އެހެންވެ ޕާޓީއާ އަލުން ގުޅެން ނިންމެވި ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން ޕާޓީގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދާނެ ކަަމަށް އެމްޑީޕީން ބުންޏެވެ.

Advertisement

އެ ޕާޓީން ބުނީ މިހާރުގެ ސަރުކާރު އަމަލުތައް ފާލުން ނެއްޓި އެތައް ބައެއްގެ ބުރަ މަަސައްކަތުބް ހޯދި ޑިމޮކްރަސީ ނުރައްކަލުގެ ތެރޭގައި އޮތް މި ދަނޑިވަޅަކީ މުހިއްމު އިސްލާހީ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ވަގުތެއް ކަމަށެވެ.

"ސަރުކާރު ޖަވާބުދާރީ ކުރުވައި ގާނޫނުއަސާސީން ޔަގީންކޮށްދޭ ހައްގުތައް ކަށަވަރުކޮށް ދިނުމުގައި މި ޕާޓީ އަބަދު ވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަން." އެމްޑީޕީން ބުންޏެވެ.

Advertisement

ކޮމެންޓް