ފްލެޓް ލިސްޓުން އުނިވާ މީހުންނަށް އެކަން އަންގަން ފަށައިފި
ގެދޮރުވެރިޔާ މަޝްރޫއުގައި 4000 ފްލެޓް ލިސްޓުގައި ހިމެނޭ މީހުންގެތެރެއިން، ޝަރުތު ހަމަނުވެގެން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށާފިއެވެ.
ގެދޮރިވެރިކަމާ ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ، ފްލެޓަށް ޝަތުރު ހަމަނުވާ މީހުންނަށް އެކަން އަންގަމުންދަނީ ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށްކަމަށެވެ. ލިޔުން ފޮނުވިކަމުގެ މެސެޖެއް ފޯނަށް ފޮނުވާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ. ނަމަވެސް، 4000 ހައުސިން ޔުނިޓްގެ މި މަޝްރޫޢުގައި ފްލެޓް ނުލިބޭކަމަށް ކަނޑައަޅާފައިވަނީ ކިހާ މީހުންނަށްކަން ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ޝަރުތު ހަމަނުވާކަމަށް ކަނޑައެޅި މީހުންގެ ތެރޭގައި ސަރުކާރުން ހިންގާފައިވާ ސްކީމްތަކުން ފްލެޓް ލިބިފައިވާ ފަރާތްތަކާއި، ސަރުކާރު ކުންފުނިތަކުން ހިންގާފައިވާ ސްކީމްތަކުން ފްލެޓް ލިބިފައިވާ ފަރާތްތަކާ އަދި 600 އަކަފޫޓަށްވުރެ ބޮޑު އަމިއްލަ ބޯހިޔާވަހިކަމެއް ތިބިކަމަށް ޔަޤީންވާ ފަރާތްތަކަށް، ގެދޮރުވެރިޔާ ސްކީމުން ފްލެޓް ނުލިބޭނެކަން އަންގަމުންދާކަމަށެވެ. އެކަން އަންގަމުންދަނީ، ފްލެޓް ނުލިބޭ ސަބަބު ބަޔާންކުރުމާއެކުއެވެ.
މި ފަރާތްތައްވެސް، އިތުރަށް ޝަކުވާއެއް ހުށައަޅަން ބޭނުންވާނަމަ އެ ފުރުޞަތު ދޭނެކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.