01 ޖުލައި 2025

Advertisement

ތިލަމާލެ ބްރިޖްގެ 60 ޕަސެންޓް ނިމިއްޖެ

01 ޖުލައި 2025

ރާއްޖޭގައި މިހާރު ކުރިއަށްދާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖް މަޝްރޫއުގެ 60.84 ޕަސެންޓް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުގެ މަސައްކަތް ބާރަށް މިހާރު ކުރިއަށްދާ އިރު، މަސައްކަތުގެ އެންމެ އުނަދަގޫ ކަންކަމުގެ ތެރެއިން، ބްރިޖްގެ ޕައިލިންގެ މަސައްކަތް މިހާރު ކާމިޔާބުކަމާ އެކު ނިންމާލެވިފައިވާ ކަމަށެވެ.

ތިލަމާލެ ބްރިޖަކީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

Advertisement

މި ބްރިޖް ނިންމައި ސަރުކާރާ ހަވާލުކުރުމަށް މިހާރު ނިންމާފައި އޮތީ އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށެވެ.

ޖުމްލަ 6.7 ކިލޯމީޓަރުގެ ތިލަމާލެ ބްރިޖަށް މިހާތަނަށް 251.5 މިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ.

Advertisement

ކޮމެންޓް