13 ޖުލައި 2025

Advertisement

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ އެއްވަނަ ފިނާއަށް

13 ޖުލައި 2025

ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދިޔަ "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަން 2025"ގެ ފަޚްރުވެރި އެއްވަނަ އާއިޝަތު ފިނާ ފިރާޤު ހޯދައިފިއެވެ.

ފިނާއަށް ފައިސާގެ އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވީ އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަޙްމަދު ނަރީޝްއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަޙްމަދު ނަރީޝް ވިދާޅުވީ މިފަދަ މުބާރާތްތައް ބާއްވާ ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ދަޢުލަތުގެ މީޑިއާގެ ޒިންމާ ވަރަށް ފުރިހަމައަށް އަދާކުރަމުންދާކަމަށެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުނަރުވެރި ޒުވާނުންތަކެއް ތިބިނަމަވެސް އެކުދިންނަށް ރަނގަޅު ޕްލެޓްފޯމްތަކެއް ނެތް ނަމަވެސް ޕީއެސްއެމްއިން އިސްނަގައިގެން އެފަދަ ކުދިންނަށް ޚާއްސަކޮށްގެން މުބާރާތްތަކެއް ބާއްވަފައިނަމަ ފަހި ފުރުޞަތުތަކެއް ލިބޭނެކަން ނަރީޝް ފާހަގަކުރެއްވިއެވެ.

Advertisement

2016 ވަނަ އަހަރުން ފެށިގެން ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތަކީ ރޭޑިއޯ ޕްރެޒެންޓިންގެ ދާއިރާއަށް ހުނަރުވެރި ޒުވާނުން ތަޢާރަފުކޮށް މި ދާއިރާއިން އިތުރަށް ކުރިއަށްދެވޭނެ މަގުފަހިކޮށްދިނުމަށް ބާއްވަމުން އަންނަ މުބާރާތެކެވެ. އަދި މިއީ މި ދާއިރާއަށް ޝަޢުގުވެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެން ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ފޯރިގަދަ، އެންމެ ވާދަވެރި އަދި އެންމެ ބޮޑު މުބާރާތެވެ.

Advertisement

ކޮމެންޓް