މާޅޮހުގައި ދުވަސްވީ މީހަކު 'މަރާލައިފި'
އއ. މާޅޮހުގައި އުމުރުން ދުވަސްވީ މީހަކު 'މަރާލައިފި' އެވެ.
'މަރާލާފައި' ވަނީ އެ ރަށު އޯކިޑްމާގޭ، އަބްދުއްރަހުމާން، 65، އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މާޅޮހުގެ ގެއެއްގައި ނިދާފައި އޮތް މީހަކަށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދާކަމުގެ މައުލޫމާތު ލިބުނީ ރޭ މެންދަމު 1:50 ހާއިރު ކަމަށެވެ.
އެނގިފައިވާ ގޮތުގައި އަބްދުއްރަހުމާން މަރުވީ ރޭ މެންދަމު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ. އޭނަ އަށް ދިން ހަމަލާތަކުގައި އެންމެ ބޮޑަށް ގެއްލުންވެފައި ވަނީ ބޮލަށް ކަމަށް އެނގިފައިވެ އެވެ.
މި ހާދިސާގެ ތަހުގީގަށް ފުލުުހުންގެ ހާއްސަ ޓީމެއް މާޅޮހަށް ދާން މިހާރު ވަނީ ދަތުރު ފަށައިފަ އެވެ.