އަލްސަންގެ މައްޗަށް ކުރެވޭ ކަށުނަމާދު އަސުރު ނަމާދަށްފަހު
މާލޭގައި ރޭ ހިނގި ބޮޑު އެކްސިޑެންޓުގައި މަރުވެފައިވާ ޔޫސުފް އަލްސަން މުހައްމަދުގެ ޖަނާޒާ އަސްރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އުމުރުން 17 އަހަރުގެ އަލްސަން އަކީ މަޝްހޫރު ދެ ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އަދި މަރިޔަމް އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅެވެ.
އޭނާ މަރުވެފައި ވަނީ ބޮޑުތަކުރުފާނު މަގު، މާފަންނު ބަސް ޓާމިނަލް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައެވެ. މި އެކްސިޑެންޓުގައި ސައިކަލްގައި ދުއްވަން އިނީ އަލްސަންއެވެ. އޭނާގެ ފަހަތުގައި ހުރީ 16 އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ.
އާދީއްތަ ދުވަހުގެރޭ 8:15 ހާއިރު މާފަންނު ބަސް ޓާމިނަލް ކުރިމަތީގައި އޮންނަ ކަފިހި ހުރަސް މަތިން ހުރަސް ކުރި މީހެއްގެ ގައިގައި ޖެހި އަލްސަން އާއި އިތުރު މީހަކު ދުއްވަން އިން ސައިކަލު ކޮންޓްރޯލް ނުވެ ކުރިމަތިން އައި ޕިކަޕެއްގައި ޖެހިގެން ހިނގި އެކްސިޑެންޓުގައި އިތުރު ފަރުވާ ދެމުން ދަނިކޮށް އަލްސަން މަރުވީ އައިޖީއެމްއެޗްގައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.