23 އޯގަސްޓު 2025

Advertisement

އާރްޓީއެލް ފެރީގައި ބޭސްފަރުވާއަށް ކުރާ ދަތުރުތަށް ހިލޭ!

03 އޯގަސްޓު 2025

ބޭސް ފަރުވާ އެއް ރަށުން އަނެއް ރަށަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގައި ހިލޭ ދަތުރު ކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާޙިމް ޔާސިރު، ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ވިދާޅުވީ އާންމުންގެ ޚިޔާލުތަކާ އެއްގޮތަށް، ރައްޔިތުން ބޭނުންވާ ފެރީގެ ޚިދުމަތަށް ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ. އެގޮތުން ބޮޑެތި އަދި ދާއިމީ ބަލިތަކާ ގުޅިގެން، ގަވައިދުން ފަރުވާ އަށް ދަތުރުކުރަންޖެހޭ މީހުންނަށް އާރްޓީއެލް ފެރީ ހިލޭ ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭ ކަންކަން މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

ޔާސިރު ވިދާޅުވީ އެކަން ކުރިއަށް ގެންދަނީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އާއި އެންސްޕާ އަދި އެމްޓީސީސީ ގުޅިގެން ކަމަށެވެ.

Advertisement

"މިކަން ފެށުމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަމުން ދަނީ. ޚިދުމަތް ފެށުމާ ވަރަށް ގާތަށް އާދެވިފަ ވަނީ. ބީއެމްއެލް ޚާއްސަ ކާޑެއް ދޭނީ އެންސްޕާ މެދުވެރިކޮށް،" އޭނަ ވިދާޅުވި އެވެ. "އެ ކާޑް ބޭނުންކޮށްގެން، ބަލިމީހާ އާއި އަދި އެހީތެރިޔާއަށް ވެސް ހިލޭ ދަތުރު ކުރެވޭނެ. ވަރަށް އަވަހަށް މި ޚިދުމަތް ފަށާނަން."

މި އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް އާރްޓީއެލް ފެރީގެ ހިދުމަތް ފުޅާކުރަން އަމާޒު ހިފާފައިވާ އިރު، އެންމެ ފަހުން ހިދުމަތް ފެށީ ބ. އަތޮޅުގަ އެވެ. މިހާރު އަންނަނީ ޒޯން ހަތަރެއްގެ ފަސް އަތޮޅެއްގައި ހިދުމަތް ފެށުމަށް ވެސް ތައްޔާރުވަމުންނެވެ.

ޒޯން ހަތަރެއްގައި ހިމެނެނީ މ، ފ، ދ، ތ އަދި ލ. އަތޮޅެވެ.

Advertisement

ކޮމެންޓް