03 އޮކްޓޯބަރު 2025

Advertisement

މޫސަ މަރާލި މައްސަލައިގައި ދައުވާކޮށް ދޭން ފޮނުވައިފި

25 ސެޕްޓެމްބަރު 2025

ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާ ޒުވާނަކު މަރައިލި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށް ދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ މާވަށު، ނަލަހިޔާ، މޫސާ އިބްރާހީމް، 29 ގެ ކަރަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލައިގައި ހދ. ނޮޅިވަރަންފަރު މުހައްމަދު، އިބްރާހީމް، 29، ގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ފޮނުވީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.

މޫސަ މަރާލި މައްސަލައިގައި ފުލުހުން އޭނަ ހައްޔަރުކުރީ އެ ހާދިސާ ހިންގި ދުވަސް ކަމަށްވާ ޖުލައި 28 ގަ އެވެ. އަދި މުހައްމަދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ހުރީ ބަންދުކޮށްފަ އެވެ.

Advertisement

Advertisement

ކޮމެންޓް