03 އޮކްޓޯބަރު 2025

Advertisement

މާލެ ސިޓީގައި 3000 ހައުސިންގ ޔުނިޓުގެ މަޝްރޫޢެއްް ފަށަނީ

02 އޮކްޓޯބަރު 2025

މާލޭގައި 3،000 ހައުސިން ޔުނިޓްގެ މަޝްރޫއެއް މި އަހަރުތެރޭ ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް އެންމެ މުހިއްމު އެއް ކަމަކީ ބޯހިޔާވަހިކަން ކަމަށާއި އެ ދާއިރާއިން ވައުދުވީ ގޮތަށް ކަންކަން ފުރިހަމަ ކުރަން ކުރެވެން ހުރިހާ ކަމެއް ހަމަޖައްސަމުންދާ ކަމަށެވެ. އެގޮތުން މިއަހަރު ތެރޭގައި މާލޭގައި 3،000 ހައުސިން ޔުނިޓްގެ މަޝްރޫއެއް ފެށުމަށް ހަމަޖެހިފައިވާކަން ރައީސް އިއުލާން ކުރެއްވި އެވެ.

"މާލޭގައި އެންމެ މަދުވެގެން 3،000 ހައުސިން ޔުނިޓްގެ މަޝްރޫއެއް މި އަހަރު ނިމުމުގެ ކުރިން ފަށާނަން،" ރައީސް ވިދާޅުވި އެވެ.

Advertisement

ރައީސް ވިދާޅުވީ އެ މަޝްރޫއު އަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ހަމަޖެހިފައި އޮތް 4،000 ހައުސިން ޔުނިޓްގެ އިތުރަށް ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ. އެ މަޝްރޫއު އަށް ބޭނުންވާ ހުރިހާ ކަމެއް މިހާރު ނިމެމުންދާ ކަމަށާއި ބޯހިޔާވަހިކަމަކީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދުކަމަށް ވެސް ވިދާޅުވި އެވެ.

އެގޮތުން ރައްޔިތުންނަށް ލިބިފައި ހުރި ގޯތިތަކާއި ފްލެޓުތައް އެއްވެސް ބަދަލެއް ނުގެނެސް ހަވާލުކުރަމުންދާ ކަމަށާއި އަލަށް ފެށޭ މަޝްރޫއުތަކާއެކު މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

Advertisement

ކޮމެންޓް