27 އޮކްޓޯބަރު 2025

Advertisement

މޫނު ނިވާކޮށްގެން ތިބި ބަޔަކު އެއާޕޯޓުން ބީއެމްއެލްގެ ފައިސާތަކެއް ފޭރިގެންފި

27 އޮކްޓޯބަރު 2025

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ (ވީއައިއޭ) އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފެއްގެ އަތުން މޫނު ނިވާކޮށްގެން ތިބި ބަޔަކު ފައިސާތަކެއް ފޭރިގެންފިއެވެ.

ފުލުހުން ބުނިގޮތުގައި މިކަން ހިނގާފައިވަނީ އެއާޕޯޓުގެ އާ ޓާމިނަލް ސަރަހައްދުގައި ރޭގެ ވަގުތެއްގައެވެ.ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖުގައިވާ ގޮތުން ފައިސާ ހުރި ސުއިޓް ކޭސް ފޭރިގަތް މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭގެ ފަތިހު 4:45 ހާއިރުއެވެ. ފުލުހުން ބުނެފައިވަނީ ފައިސާތައް ހިފައިގެން އާ ޓާމިނަލަށް ވަންނަން ދިޔައީ ބޭންކެއްގެ ދެ މުވައްޒަފެއް ކަމަށެވެ.

ނަމަވެސް، އެއީ ކޮން ބޭންކެއް ކަމެއް އަދި ފޭރިގަތް ފައިސާގެ އަދަދެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

Advertisement

ނަމަވެސް، އެނގިފައިވާ ގޮތުގައި ފޭރިގަނެފައިވަނީ ބީއެމްއެމްގެ ދެ މުވައްޒަފުން ހިފައިގެން ދިޔަ ފައިސާތަކެކެވެ. ފައިސާ ފޭރިގަތީ މޫނު ނިވާކޮށްގެން ތިބި ބަޔަކު ކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ. ނަމަވެސް މިހާތަނަށް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ފައިސާތައް ހޯދި ކަމެއްވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

Advertisement

ކޮމެންޓް