20 މާރިޗު 2026

Advertisement

ހުޅުދުއްފާރުގެ އިޚްތިޞާޞްގައި އެ އަތޮޅު ގާއުނޑޫދޫ އަލުން ހިމެނުއްވުމަށް ނިންމައިފި

20 މާރިޗު 2026

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، މާޅޮސްމަޑުލު އުތުރުބުރި ހުޅުދުއްފާރުގެ އިޚްތިޞާޞްގައި އެ އަތޮޅު ގާއުނޑޫދޫ އަލުން ހިމެނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 1-56 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން ނެރުއްވި، ނަންބަރު 9/2026 ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުންނެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރުގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.

Advertisement

މީގެކުރިން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 3/2020 އިން ރ. ހުޅުދުއްފާރުގެ އިޚްތިޞާޞް ކަނޑައެޅުއްވިއިރު، ރ. ހުޅުދުއްފާރުގެ އިޚްތިޞާޞްގައި ރ. ގާއުނޑޫދޫ ހިމަނުއްވާފައިވީނަމަވެސް، ސިނާޢީ ބޭނުމަކަށްޓަކައި ރ. ހުޅުދުއްފާރުގެ އިޚްތިޞާޞްއިން ރ. ގާއުނޑޫދޫ ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 4/2021 އިން 2021 އޮގަސްޓް 25 ވަނަ ދުވަހު އުނިކުރައްވާފައެވެ. އަދި މާޅޮސްމަޑުލު އުތުރުބުރި ހުޅުދުއްފާރުގެ އިޚްތިޞާޞްއިން ގާއުނޑޫދޫ ވަކިކުރެވި ބޭނުންކުރެވެމުންދިޔައީ ސިނާޢީ މަސައްކަތަކަށްޓަކައި މިނިސްޓްރީ އޮފް އެގްރިކަލްޗަރގެ ބެލުމުގެ ދަށުންނެވެ.

Advertisement

ކޮމެންޓް