07 މޭ 2026

Advertisement

ހިޓާޗީ "ފިނިފިނި ޕްރޮމޯ" 2026 ފަށައިފި

07 މޭ 2026

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ކުރިއަށް ގެންދާ ހިޓާޗީ އޭސީ ޕްރޮމޯޝަން ފަށައިފިއެވެ.

'ފިނި ފިނި ޕްރޮމޯ' ގެ ނަމިގައި ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ހެޔޮ އަގުތަކެއްގައި ހިޓާޗީގެ އޭސީތައް ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގައި ހިޓާޗީ އޭސީ ބައްލަވައިގަނެގެން، ކޮންމެ 1000 ރުފިޔާއަކަށް، ލަކީ ޑްރޯގައި ބައިވެރި ވުމަށް ކޫޕަނެއް ލިބިގެންދާނެއެވެ. ލަކީ ޑްރޯގެ ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް 40،000 ރުފިޔާގެ ހިޓާޗީ ބްރޭންޑުގެ ހޯމް އެޕްލަޔަންސް ޕެކޭޖެއް ލިބިގެންދާނެއެވެ.

Advertisement

ހިޓާޗީ ބްރޭންޑަކީ ދިވެހިންގެ ތެރޭގައި ނަން މަޝްހޫރު، ދިވެހިންގެ އިތުބާރު ލިބިފައިވާ ކޮލިޓީ ބްރޭންޑެކެވެ. ވަކިން ހާއްސަކޮށް ހިޓާޗީ އޭސީއަކީ ގިނަ ގެތަކުން ފެންނަ ޕްރޮޑަކްޓެކެވެ.

ފިނި ފިނި ހިޓާޗީ ޕްރޮމޯޝަން 2026 ކުރިއަށްދާނީ 5 މޭ 2026 ން ފެށިގެން 5 ޖުލައި 2026 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަން، މާލެ، ހުޅުމާލެ އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ހުރިހާ ރީޖަނަލް އައުޓްލެޓްތަކެއްގައިވެސް ކުރިއަށްދާނެއެވެ.

Advertisement

ކޮމެންޓް