ދިރާގުއެޕްއިން ބޮޑުމަސް ބާނައިގެން ބޮޑު އީދަށް ހާއްސަ އިނާމުތަކެއް!
ދިރާގުން އަޟްޙާ އީދުގެ މުނާސަބަތުގައި ހާއްސަ އިނާމުތަކާއި ބޯނަސް ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ތައާރަފްކޮށްފިއެވެ.
މި ގޮތުން، ދިރާގުން ވަނީ 'ބޮޑުމަސް ބޭނުން'ގެ ނަމުގައި މިއަދުން ފެށިގެން 7 ދުވަހުގެ މުއްދަތަށް ކުރިއަށްދާ ހާއްސަ ގޭމެއް ތައާރަފުކޮށްފައެވެ. ދިރާގުއެޕް މެދުވެރިކޮށް ކުޅެވޭ މި ގޭމުގައި ބައިވެރިވެގެން، ފިޝިންގ ގިއަރ ކިޓަކާއި ގޯޕްރޯ ހީރޯ11 އެއް ހޯދުމުގެ ފުރުސަތު 30 މޭ 2026ގެ ނިޔަލަށް ވަނީ ހުޅުވައިލައިފައެވެ.
މި ގޭމުގައި ބައިވެރިވުމަށްޓަކައި، ދިރާގު އެޕްގައިވާ 'ބޮޑުމަސް' ބެނާއަށް ފިއްތާލުމުން ކޮންމެ ދުވަހަކަށް ހާއްސަ ކާޑެއް ފެނިގެންދާނެއެވެ. އަދި މި ކާޑުތަކުގައި ފޮރުވިފައިވާ މަސްބޭނުމަށް ބޭނުންކުރާ ސާމާނު އަދި އެންމެ ފަހު ދުވަހު ލިބޭ ބޮޑުމަސް ހޯދައިގެން ކޮންމެ ދުވަހަކު 2 ޖީބީ ޑޭޓާ މުޅިން ހިލޭ ހޯދުމުގެ ފުރުސަތު އަދި ބޮޑު އިނާމު ހޯދުމުގެ ފުރުސަތު އިތުރުކޮށްދޭ ލަކީޑްރޯ ޓިކެޓް ކޮންމެ ކަސްޓަމަރަކަށް ވެސް ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަން ތައާރަފްކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިރާގުގެ އެސިސްޓަންޓް މެނޭޖަރ، މަރކޮމްސް އެންޑް ޕީ.އާރް، ޒީން މުޙައްމަދު ވިދާޅުވިގޮތުގައި، "ދިވެހި ސަގާފަތުގެ މުއްސަނދި އާދަކާދަތަކުގެ ތެރެއިން، އީދު ފާހަގަކުރުމުގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތް ކަމަށްވާ 'ބޮޑުމަސް ބޭނުން' ރަމްޒުކޮށްދޭ ގޮތަށް މި ތައާރަފްކުރި ޑިޖިޓަލް އެންގޭޖްމެންޓްގެ މައިގަނޑު މަގުސަދަކީ، އީދުގެ ފޯރީގެ ތެރެއިން ކަސްޓަމަރުންނަށް އިތުރު ފައިދާތައް ހޯދައިދީ އީދުގެ އުފަލުގައި އެންމެން ވެސް ބައިވެރިކުރުން".
"ބޮޑުމަސް ބޭނުން"ގެ އިތުރުން، 24 އިން 31 މޭ 2026 އަށް ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އީދު އޮފަރތަކެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ:
· އީދު ޑޭޓާ ކޮމްބޯ: ޕްރިޕެއިޑް ކަސްޓަމަރުންނަށް 45ޖީބީ ޑޭޓާ، ދިރާގު ކޯލްތައް މުޅިން ހިލޭ އަދި އިތުރު ފައިދާތައް އެންމެ 650 ރުފިޔާއަށް 28 ދުވަހުގެ މުއްދަތައް ލިބިގެންދާނެ.
· އީދު ބޯނަސް ޑޭޓާ : ޕްރީޕެއިޑް ކަސްޓަމަރުންނަށް ވަކި ހާއްސަ އެޑް-އޯންތަކާއެކު %25 އިތުރަށް ހިލޭ ބޯނަސް ޑޭޓާ ލިބިގެންދާނެ.
ދިރާގުގެ ބޮޑު އީދު ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެއެވެ: https://www.dhiraagu.com.mv/personal/promotions/Bodu-Eid-Offers
ދިރާގުން ދަނީ މި ފަދަ އެކި މުނާސަބަތުތަކާއި ގުޅުވައިގެން ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފަރތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންނެވެ.