24 ނޮވެމްބަރު 2024

Advertisement

މަނަދޫގައި ސީސީޓީވީ ކެމެރާ ހަރުކޮށްދޭނެ ފަރާތެއް ހޯދަނީ

09 އޭޕްރީލު 2023
-

ނ. މަނަދޫގެ އެކި ސަރަހައްދުތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކޮށްދޭނެ ފަރާތެއް ހޯދަން އެ ރަށު ކައުންސިލުން މިއަދު އިއުލާނު ކޮށްފިއެވެ.

އެރަށު ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެރަށު ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް އެރަށުގެ އެކި ސަރަހައްދުތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެހެންކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެ އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެއިއުލާނުގައި ބުނެފައިވެއެވެ. މި މަސައްކަތް ކުރުމަށް މި މަހުގެ 27 ވަނަ ދުވަހުގެ ކުރިން ބިޑު ހުށަހެޅުމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

މަނަދޫގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ހޯދަން އެރަށު ކައުންސިލުން އިއުލާންކޮށްފައިވާ އިރު، މިދިޔަ ހުކުރު ދުވަހު އެ ރަށުގައި މަރާލާފައި އޮތް އަންހެނަކު ވަނީ ފެނިފަ އެވެ. އަދި ހުކުރު ދުވަހުން ފެށިގެން ފުލުންވަނީ މަރާލާފައިއޮއްވާ ފެނުނު އަންހެންމީހާ ދިރި އުޅުނު ގެ ހުންނަ ސަރަހައްދު ބަންދު ކުރުމަށް ފަހު ތަހުޤީގު ފަށާފައެވެ.

Advertisement

Advertisement

ކޮމެންޓް