ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ޖުމްހޫރީ ޕާޓީ ދޫކުރައްވައި އެމްޑީޕީއާ މިއަދު ގުޅިވަޑައިގެންފިއެވެ.
އަލީ ހަމީދު އެމްޑީޕީއަށް ސޮއިކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ އިތުރުން ޕާޓީގެ ލީޑަޝިޕް ބޭފުޅުންގެ ހަޒިރުގައި މިއަދު މުލިއާ ގޭގައެވެ.
އަލީ ހަމީދު ޖޭޕީ އިން ވަކިވުމުން ރައްޔިތުންގެ މަޖިލީހުގައި އެޕާޓީގެ މެމްބަރުންގެ އަދަދު ދެއަކަށް ތިރިވާނެއެވެ. މަޖިލީހުގައި ޖޭޕީގެ މެމްބަރުންގެ ގޮތުގައިދެން ތިއްބަވާނީ މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އެވެ.