22 ނޮވެމްބަރު 2024

Advertisement

ބޯންމެރޯއަށް ފޮނުވާ ފުރަތަމަ ކުއްޖާ މިފެށޭ ހަފްތާގައި ފޮނުވަނީ

13 ޑިސެމްބަރު 2023

ބޯންމެރޯ ޓްރާންސްޕޯޓް ހެދުމަށް ފޮނުވާ ފުރަތަމަ ކުއްޖާ، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ފޮނުވުމަށް މިހާރު ތައްޔާރުވެފައިވާކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ބޯން މެރޯ ހެދުމަށް ފުރަތަމަ ފޮނުވަނީ ޢުމުރުން 9 އަހަރުގެ އަންހެން ކުއްޖެކެވެ.

ރާއްޖޭގައި ތެލަސީމިއާ ބަލިމީހުންގެ ގޮތުގައި 943 މީހަކު ދަފްތަރުކޮށްފައިވެއެވެ. އޭގެތެރެއިން މިވަގުތު ދުނިޔޭގައި ތިބީ 655 ތެލަސީމިއާ މީހުންނާއި ކުދިންނެވެ. ތެލަސީމިއާ ބަލިމީހުންނަކީ އެމީހުންގެ ހަށިގަނޑުގައި ދަގަނޑުގެ ބައި ދަށްކުރުމަށް ދާއިމަށް، ފަރުވާ ހޯދަންޖެހޭ ބައެކެވެ. ތެލަސީމިއާ ބައްޔަށް އޮތް ދާއިމީ ފަރުވާއަކީ، ބޯންމެރޯ ހެދުމެވެ.

ތެލަސީމިއާއަށް ފަރުވާހޮދާ މީހުންނަށް ދަޢުލަތުން ޚަރަދުގައި ބޯންމެރޯ ހެދޭގޮތަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވީ މި ހަފްތާގައި ބޭއްވި، ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

Advertisement

Advertisement

ކޮމެންޓް