22 ނޮވެމްބަރު 2024

Advertisement

49.8 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފި

13 ޑިސެމްބަރު 2023

އަންނަ އަހަރަށް ލަފާކޮށް ކުރީ ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ 49.8 ބިލިއަން ރުފިޔާގެ ބަޖެޓު ކޮމިޓީން ފޮނުވާފައިވާ ގޮތަށް ފާސްކޮށްފިއެވެ.

މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން ވަނީ ކޮމެޓީން ފޮނުވާފައިވާ ގޮތަށް ބަޖެޓް ފާސް ކުރަން ޕާލިމެންޓްރީ ގްރޫޕްގައި ތްރީލައިން ވިޕެއް ނެރެފައެވެ.

މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ބަޖެޓް ފާސްކޮށްފައި ވަނީ ތަޅުމަށް ހާޒިރުވެވަޑައިގެން ތިއްބެވި 68 މެންބަރުންގެ ވޯޓުންނެވެ.

Advertisement

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް 49.5 ބިލިއަން ރުފިޔާގެ ބަޖެޓަށް ހުށެހެޅި ނަމަވެސް ކޮމިޓީން ފާސްކޮށްފައިވަނީ 300 މިލިޔަން ރުފިޔާ އިތުރުކޮށް 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ކޮމިޓީން ބަޖެޓަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޭނުންވެގެން ފުށިދިއްގަރު ފަޅުގެ މަޝްރޫއު ހިންގުމަށް ކަނޑައެޅި 400 މިލިއަން ރުފިޔާ، އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލިހުގެ ކޮމިޓީން ކަނޑާލައި އެހެން މަޝްރޫއުތަކަށް ބަހާލުމެވެ. އެ މަޝްރޫއު ހުށަހަޅާފައިވަނީ ޕީއެސްއައިޕީ މަޝްރޫއެއްގެ ގޮތުގައެވެ.

މާލެ ސަރަހައްދުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު މަޝްރޫއަކީ ފުށިދިއްގަރު ފަޅު ހިއްކައި ރައްޔިތުންނަށް އެ ތަނުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ. އެމަނިކުފާނު މިދިޔަ ނޮވެމްބަރު މަހު ވިދާޅުވި ގޮތުގައި އެއް މަސް ދުވަސް ދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފަށައި ގާތްގަނޑަކަށް އަށް މަސް ދުވަހުގެ ތެރޭގައި އެ ތަން ހިއްކަވާނެއެވެ.

ފުށިދިއްގަރު ހިމެނޭ ހެން ހުޅުމާލެ އާއި ގުޅީފަޅާއި، ގިރާވަރު ފަޅުން ލިބޭ އެންމެ ބޮޑުމިނަކަށް ހިއްކައިގެން 65،000 ގެދޮރު ގާއިމް ކުރުމުގެ މަޝްރޫއު ކުރިއަށްގެންދަން ޕީޕީއެމް/ޕީއެންސީގެ މެނިފެސްޓޯގައި ވަނީ ހިމަނައިފައެވެ. އަދި ފުށިދިއްގަރުން އެކަނި 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރުމަށް މެނިފެސްޓޯގައިވެއެވެ.

Advertisement

ކޮމެންޓް