ޕީޖީ ވަކީލަކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލަ ފުލުހުން ބަލަނީ
ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލަކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ޕީޖީ އޮފީހުގެ ވަކީލެއް އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިސަރު ވަނީ ވިދާޅުވެފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ ޝަފީއު ކަމަށް ބަޔަކު މީހުން ތުހުމަތުކުރެއެވެ.
ޝަފީއަކީ ދައުލަތުގެ ފަރާތުން ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވާ ވަކީލެވެ. އޭނާ އެއްޖިންސުން ގުޅުން ހިންގާ ކަމަށް ބުނާ ވީޑިއޯތަކާއި އޭނާގެ ބަރަހަނާ ފޮޓޯތަކާއި އޭނާ ދައްކާފައިވާ ދީނާ ހިލާފު ވާހަކަތަކެއް މިފަހުން ވަނީ ދައުރުވެފައެވެ.
ޝަފީއަކީ ކުރީގެ ރައީސް ޔާމީންގެ މައްސަލައާއި ޔޯގާ ހަރަކާތުގެ ތެރެއިން ހައްޔަރުކުރި ޝެއިހުންގެ މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާ އިސް ވަކީލެވެ.
މީގެ ކުރިންވެސް އޭނާ އާ ގުޅޭ މިފަދަ ވާހަކަތައް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ.
ޝަފީއު ވަނީ އޭނާ އާ ގުޅިގެން ފަތުރަމުންދާ ވާހަކަތައް ދޮގުކުރައްވާފައެވެ.