22 ނޮވެމްބަރު 2024

Advertisement

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

12 މޭ 2023
-

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގަ ކޮންކްރީޓް މިކްސްޗާ ޓްރަކެއް ފުރޮޅާލައި ބަޔަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ދެވަނަ ފިޔަވަހީގެ ސިނާއީ ސަރަހައްދު ކައިރިން ދިޔަ ކޮންކްރީޓް ގަށާ މެޝިން ޓްރަކް ފުރޮޅާލީ ހެނދުނު 7:35 ހާއިރު ކަމަށާއި އަނިޔާވި ދެ ކުދިން ދުއްވާފައި ދިޔައީ އެ ޓްރަކްގެ ކައިރިން ކަމަށެވެ.

މި ހާދިސާގައި ވެހިކަލްގެ ޑްރައިވަރާއި އެ ސަރަހައްދުގައި އެ ވަގުތު ބައިސްކަލުގައި ދިޔަ 13 އަހަރުގެ ފިރިހެން ދެ ކުދިންނަށް ވަނީ އަނިޔާވެފަ އެވެ.

Advertisement

އަނިޔާވި ދެ ކުދިންނާއި ޑްރައިވަރަށް ފަރުވާދިނުމަށް ގެންގޮސްފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށެވެ. ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި ހޮސްޕިޓަލަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ އެ މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލް ވަނީ ލިބޭގޮތް ނުވެފައެވެ.

ފަހަކަށް އައިސް، މިފަދަ އެކްސިޑެންޓުތައް ދަނީ އިތުރުވަމުންނެވެ. ޚާއްސަކޮށް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރު ދަނީ އިތުުރުވަމުންނެވެ. މިހެން ހިނގާ ގިނަ އެކްސިޑެންޓުތަކަކީ ބާރު ސްޕީޑުގައި ދުއްވާފައި އައުމުގެ ސަބަބުން ހިނގާ ހާދިސާތައް ކަމަށް ފުލުހުން ފާހަގަކުރެއެވެ.

Advertisement

ކޮމެންޓް