22 ނޮވެމްބަރު 2024

Advertisement

ކަނޑުވެފައި ތިއްބާ ދެމީހަކު ސަލާމަތްކޮށްފި

12 މޭ 2023
-

މާލެއިން ފުރައިގެން ކ. ގާފަރުގައި މަޑުކުރުމަށްފަހު ބ. ދަރަވަންދޫއަށް ދަތުރުކުރަނިކޮށް އިއްޔެ ގެއްލުނު ދޯނީގައި ތިބި ދެ މީހުން ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ހިލަވެލި ބަރުކޮށްގެން އިއްޔެ ހެނދުނު 10:40 ގައި ގާފަރުން ދަރަވަންދޫއަށް ފުރި ‘ޖަމްބޯ’ ނަމަކަށް ކިޔާ އެ ދޯނީގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ އިއްޔެ މެންދުރު 11:35 ގަ އެވެ. ދޯނި ގެއްލިގެން ރިޕޯޓް ކުރީ އިއްޔެ ހަވީރު 6:03 ގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ދިގުމިނުގައި 65 ފޫޓް ހުނަން އެ ދޯނީގައި ދެ މީހުން ދަތުރުކުރި އިރު، އެމްއެންޑީއެފުން ދެންމެ ބުނީ، އެ ދެ މީހުން ސްޕީޑް ލޯންޗަކަށް މިއަދު ފެނިގެން ސަލާމަތްކޮށްފައިވާ ކަމަށެވެ.

Advertisement

އެ މީހުން ސަލާމަތްކުރީ ކަނޑުވެފައި ތިއްބާ މިއަދު ހެނދުނު 10:00ގެ ފަހުން ކަމަށާއި ދެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެމްއެންޑީއެފުން މިހާރު ދަނީ އެ މީހުން ދަތުރުކުރި ދޯންޏަށްވީ ގޮތް ހޯދަމުންނެވެ.

Advertisement

ކޮމެންޓް