22 ނޮވެމްބަރު 2024

Advertisement

ނަޝީދު އަލުން ރިޔާސަތަށް

22 މޭ 2023
-

ރައްޔިތުންގެ މަސްލަހަތު އިސްކުރައްވަން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަލުން ރިޔާސަތާ ހަވާލުވެވަޑައިގެންފި އެވެ.

މަޖިލީހުގެ 54 މެންބަރުންގެ ސޮއިއާ އެކު ނަޝީދުގެ އިތުބާރު ނެތް މައްސަލައެއް ހުށަހަޅާފައި ވަނީ މި މަހު 7 ގަ އެވެ. އޭގެ ފަހުން ބޭއްވި އެއްވެސް ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމަށް ނަޝީދު ވަނީ އުޒުރުވެރިވެވަޑައިގެންފަ އެވެ.

ނަމަވެސް މިއަދު ޖަލްސާއެއް އެޖެންޑާކުރެއްވުމަށް ފަހު ނަޝީދު ވަނީ ރިޔާސަތާ ހަވާލުވެވަޑައިގެންފަ އެވެ.

Advertisement

އެމަނިކުފާނު އަލުން ރިޔާސަތާ ހަވާލުވެވަޑައިގަތް ސަބަބު ބަޔާން ކުރައްވަމުން ވިދާޅުވީ މަޖިލިސް ހުއްޓިފައި އޮތުމުން ރައްޔިތުން ކަންބޮޑުވާ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ރިޔާސަތު ބަލަހައްޓަވަމުން އައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވި ނަމަވެސް ހައްލެއް ނުލިބުނު ކަމަށެވެ.

"އަޅުގަނޑުގެ އުޒުރުތަކަށް ވުރެ މާ މަތީ މަސްލަހަތެއް ހިފަހައްޓަން ޖެހޭ އެއީ ރައްޔިތުންގެ މަސްލަހަތު މުޅި ރާއްޖޭގެ މަސްލަހަތު. މަޖިލިސް ހުއްޓިފައި އޮތުމަކީ ރައްޔިތުންގެ މަސްލަހު ހިފެހެއްޓޭނެ ގޮތެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

މި މައްސަލަ ކުރިމަތިވެފައި ވަނީ މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ ނައިބު ރައީސްގެ މައްސަލަ އެއްފަހަރާ ހުށަހެޅުމުން ކަމަށާއި އެކަން ހައްލު ކޮށްދިނުމަށް މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީން އެހީތެރިވެފައި ނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ނަމަވެސް އަަޅުގަނޑު ދުށީ މިއީ އަޅުގަނޑުގެ ވާޖިބެއް ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގައި މިއަދު އެޖެންޑާ ކޮށްފައި ވަނީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން ތަމްސީލް ކުރެވޭ ނިސްބަތަށް ބަދަލު ގެނައުމާ މެދު މާދަމާ ބަހުސް ކުރުމެވެ.

ބަހުސަށް ފަހު އިސްލާހު ހުށަހެޅުމަށް މުއްދަތެއް ދިނުމާއި އެ އިސްލާހުތަކަށް ވޯޓަށް އެހުން ދެންް އޮންނަ ޖަލްސާއެއްގައި އޮންނާނެ ކަމަށް އެޖެންޑާގައި ބުނެފައިވެ އެވެ.

Advertisement

ކޮމެންޓް