22 ނޮވެމްބަރު 2024

Advertisement

ނައިބު ރައީސް މޮންޓެނީގްރޯއަށް ފުރާވަޑައިގެންފި

23 ޑިސެމްބަރު 2023

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ރިޕަބްލިކް އޮފް މޮންޓެނީގްރޯއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފިއެވެ.

ނައިބު ރައީސްގެ މިދަތުރުފުޅަކީ މޮންޓެނީގްރޯގެ ޑަނިލޮވްގްރަޑްގައި ބާއްވާ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް ގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރު ފުޅެކެވެ. މި ކޮންގްރެސް އޮންނާނީ މި ޑިސެންބަރު މަހު 24-26 އަށެވެ.

މި ކޮންގްރެސްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަފުޅުދައްކަވަނީ، ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ފޮރ ސެކިއުރިޓީ، އިންޓަރނަލް ޕޮލިސީ، ޔޫރަޕިއަން އެންޑް ފޮރިން އެފެއާޒް އަދި ޑިމޮކްރެޓިކް މޮންޓެނީގްރޯގެ ރައީސް ހިޒް އެކްސެލެންސީ މިސްޓަރ އަލެކްސާ ބެސިކްގެ ދަޢުވަތަކަށެވެ.

Advertisement

ދިވެހި ރާއްޖެއާއި މޮންޓަނީގްރޯއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ 24 ނޮވެންބަރު 2009 ގައެވެ.ނައިބު ރައީސް އެންމެ ފުރަތަމަ ރާއްޖެއިން ބޭރަށް ދަތުރެއް ކުރައްވާފައިވަނީ ޗައިނާއަށެވެ. އެދަތުރުގެ ތެރެއިން ސްވިޒްލޭންޑްގެ ޖެނީވާގައި ކުރިއަށްދިޔަ، "ހިއުމަން ރައިޓްސް 75"ގެ މަތީ ފަންތީގެ ހަރަކާތްތަކުގެ ޕެނަލް ޑިސްކަޝަން ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.  

Advertisement

ކޮމެންޓް