22 ނޮވެމްބަރު 2024

Advertisement

"ޕްރެސިޑެންޝިއަލް ޔޫތު އެޑްވައިޒަރސް" ނަމުގައި ބޯޑެއް އުފައްދަވަން ނިންމަވައިފި

25 ޑިސެމްބަރު 2023

ޤައުމީ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި، މަޝްވަރާއާއި ނިންމުންތައް ނިންމާއިރު ޒުވާނުން ދެކޭގޮތް ހާމަކުރެވޭނެ ގޮތް ފަހިކުރުމުގެ ގޮތުން "ޕްރެސިޑެންޝިއަލް ޔޫތު އެޑްވައިޒަރސް" ނަމުގައި ބޯޑެއް އުފެއްދެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

މިގޮތަށް ނިންމަވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ލަފައާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ބޯޑުގެ މެންބަރުންނަށް ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ބައެއް އެތުލީޓުންނާއި، ޤައުމީ ޔުނިވަރސިޓީ އަދި ސާނަވީ ސުކޫލުތަކުގެ ދަރިވަރުން ހިމެނުމަށް ވަނީ ނިންމަވާފައެވެ. ބޯޑުގެ މެންބަރުންގެ ގޮތުގައި ހިމެނުމަށް ހަމަޖެހިފައިވަނީ 18 އަހަރާއި 30 އަހަރާއި ދެމެދުގެ ޒުވާނުންނެވެ. މި ބޯޑާއެކު ޤައުމީ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް ޤައުމީ ފެންވަރުގައި ޒުވާނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރަށް ހަރުދަނާވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވިއެވެ."

Advertisement

Advertisement

ކޮމެންޓް