ކޯސްޓްގާޑުގެ ކޮމަޑާންޓުގެ މަގާމަށް ކާނަލް މުހައްމަދު ސަލީމް
އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓުގެ މަގާމަށް ކާނަލް މުހައްމަދު ސަލީމް އައްޔަންކުރައްވައިފިއެވެ.
އޭނާ އެ މަމާގަށް އައްޔަން ކުރި ކަމުގެ ލިޔުން ވަނީ ހަވާލުކޮށްފައެވެ. އެ މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން އޭނާއާ ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސްއެވެ.
ކާނަލް މުހައްމަދު ސަލީމް އެންމެ ފަހުން ހުންނެވީ އެމްއެންޑީއެފް ނޮދަން އޭރިއާގެ ކޮމާންޑަރުގެ މަޤާމުގައެވެ.
ކޯސްޓްގާޑުގެ ކޮމަޑާންޓުގެ މަގާމަށް ކާނަލް މުހައްމަދު ސަލީމް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވީ ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ހިލްމީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަން ކުރެއްވުމާއި ގުޅިގެންނެވެ.