22 ނޮވެމްބަރު 2024

Advertisement

އަލީ ޒާހިރު މަޖިލީހަށް ވާދަކުރައްވަނީ

31 ޑިސެމްބަރު 2023

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވ. ފެލިދޫ ދާއިރާ އަށް ވާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ނިންމަވައިފި އެވެ.

އަލީ ޒާހިރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިފެށޭ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވ.ފެލިދޫ ދާއިރާގެ ރައްޔިތުން ތަމްސީލުކޮށް، ދާއިރާގެ އަޑު މަޖިލީހުގައި އިއްވުމަށް އެ ދާއިރާ އަށް ވާދަކުރުމަށް ގަސްތުކޮށް އެކަން އިޢުލާންކުރާ ކަމަށެވެ. އެ ދާއިރާގެ ރައްޔިތުންނާ ހެޔޮއެދޭ ފަރާތްތަކުގެ އެއްބާރުލުމަށް އަލީ ޒާހިރު ވަނީ އެދިވަޑައިގެންފަ އެވެ.

ގާނޫނީ ދާއިރާތިން މަތީ ތައުލީމު ހާސިލުކުރައްވާފައި އަލީ ޒާހިރު ވަނީ އަދާލަތު ޕާޓީގެ ނައިބު ރައީސް ކަމުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.

Advertisement

ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފެލިދޫ ދާއިރާގެ ގޮނޑި ފުރުއްވީ ފަޒުލް ރަޝީދު އެވެ. ވެރިކަން ބަދަލުވުމާއެކު ފަޒުލް ވަނީ އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހަމަޖައްސާފަ އެވެ.

Advertisement

ކޮމެންޓް