އީދު ފާހަގަ ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން އއ. ތޮއްޑޫއަށް މިއަދު ވަޑައިގެންފި އެވެ.
ރައީސްގެ ދެކަނބަލުން ތޮއްޑޫއަށް ވަޑައިގެންނެވުމުން އެރަށުގެ ކުދި ބޮޑު ރައްޔިތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.
ތޮއްޑޫގައި އީދަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާއިރު، މިއަދު މެންދުރު ބޮޑު ޖާފަތެއް އޮންނާނެ އެވެ. އެ ޖާފަތުގައި ރައީސްގެ ދެކަނބަލުންނާއި ރަށުގެ ރައްޔިތުން ބައިވެރިވާނެ އެވެ.
އީދާ ގުޅިގެން މިއަދާއި މިރޭވެސް ތޮއްޑޫގައި ކުރިއަށްދާ ހަރަކާތްތަކުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.