22 ނޮވެމްބަރު 2024

Advertisement

އައްޑޫ ސިޓީން ކުޑަކުއްޖަކު ހިމަބިއްސައް ފައްސިވެއްޖެ

03 އޭޕްރީލު 2023
-

އައްޑޫ ސިޓީން ކުޑަ ކުއްޖަކު ހިމަބިއްސައް ފައްސި ވެފައިވާކަމަށް ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ ހިމަބިހި ފެނުނީ އައްޑޫ ސިޓީން ކަމަށާއި، އިތުރު ކުއްޖަކަށް ބަލި ޖެހުނު ކަމަށް ބެލެވޭތީ، ސާމްޕަލް ނަގައިގެން، ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން އެޗްޕީއޭއިން ބުނީ ބަލި ފެނުނު ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުންކަމަށެވެ. އަދި ވަރަށް އަވަހަށް ވެކްސިން ދޭންޖެހޭ ފަރާތްތަކަށް ވެކްސިން ދޭން ފަށާނެ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ހިމަބިއްސަކީ 2018 ވަނަ އަހަރު ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެކެވެ. ނަމަވެސް 2020 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއިން ވަނީ މި ބަލި ފެނިފައިވެއެވެ.

Advertisement

Advertisement

ކޮމެންޓް