25 ނޮވެމްބަރު 2024

Advertisement

އަންހެނަކު ގެއްލިގެން ހޯދަނީ

01 ޖުލައި 2023
-

އާއިލާއަށް ހަބަރެއް ނުވެގެން އަންހެނަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ އެވެ.

ފުލުހުން ހޯދަމުން އަންނަނީ އުމުރުން 53 އަހަރުގެ މާލެއަށް ނިސްބަތްވާ، އާތިފާ އަބްދުﷲ އެވެ.

ފުލުހުން ބުނި ގޮތުގައި ވިލިމާލޭގައި ދިރިއުޅޭ އާތިފާ އެންމެ ފަހުން ފެނިފައި ވަނީ ރޭ 10:25 ހާއިރު އޭނާ އުޅެމުން އަންނަ ގެއިންނެވެ.

Advertisement

އޭރު އޭނާ ލައިގެން ހުރީ ފެހިކުލައިގެ ހެދުމަކާއި އަޅައިގެން ހުރީ ފިޔާތޮށި ޝޯލެއް ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ.

އެހެންވެ، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނައިރު އޭނާގެ ފޮޓޯ އާންމުކޮށް ފުލުހުން ވަނީ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ، ފުލުހަށް އެންގުމަށް އެދިފަ އެވެ.

މީގެ ކުރިން ވެސް މީހުން ގެއްލިގެން އެމީހުންގެ ފޮޓޯ އާންމުކޮށް އެމީހުން ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދެ އެވެ.

Advertisement

ކޮމެންޓް